އާސްތާނާ ޝުކޫރުގެ ޢާއިލާއަށް ޤާސިމް ތަޢުޒިޔާ ވިދާޅުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
އާސްތާނާ ޝުކޫރުގެ ޢާއިލާއަށް ޤާސިމް ތަޢުޒިޔާ ވިދާޅުވެއްޖެ
ދިވެހި ދައުލަތަށާއި ދިވެހިބަހަށް އަދި ދިވެހި ކުޅިވަރަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މ.އާސްތާނާ ޢަބްދުއްޝުކޫރު ޢަލީ އަވަހާރަވުމާއި ގުޅިގެން ޝުކޫރުގެ ޢާއިލާއަށް ވިލާ ގްރޫޕުގެ ޗެއަރމަން ޤާސިމް އިބްރާހީމް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.



"އާސްތާނާ ޝުކޫރަކީ އަޅުގަނޑު ކުޑައިރުންސުރެ ރަޙްމަތްތެރިއެއް. ދައުލަތުގެ އެކި މަޤާމްތަކަށް ޚިދުމަތްކުރެއްވި ޤައުމީ ސްޓޭޓްސްމަނެއް. މަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގެ މިންވަރު ކުރައްވަވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދި ﷲއަށް ދުޢާކުރަން."

މިއަދު އޮންލައިން