ދެ ފްލައިޓެއް ޖެހި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކްސިޑެންޓެއް ވެއްޖެ

ކިޔުމަށް ހޭދަވާނީ 39ސ
ދެ ފްލައިޓެއް ޖެހި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކްސިޑެންޓެއް ވެއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ ފްލައިޓެއް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ. މިއެކްސިޑެންޓުގައި ޖެހިފައިވަނީ ޤަތަރު އެއާވޭސް ގެ ފްލައިޓަކާއި އެއާ އޭޝިއާގެ ފްލައިޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު އެހާދިސާ ހިނގީ އެއާ އޭޝިއާގެ ފްލައިޓު ޓެކްސީ އިން ކުރަން އައި ގަޑީގައި ޤަތަރު އެއާވޭސް ގެ ޓެއިލް ވިންގުގައި ޖެހިގެންނެވެ.

މިއެކްސިޑެންޓުގެ ސަބަބުން ޤަތަރު އެއާވޭސްގެ ޓެއިލް ވިންގަށް ވަނީ ގެއްލުން ލިބިފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގިއިރު އެއާއޭޝިއާ ފްލައިޓްގައި ފަސިންޖަރުން ތިބިއިރު ޤަތަރު އެއާވޭސްގެ ފްލައިޓު ދިޔައީ ބޯޑިންގް އަށް ތައްޔާރު ވަމުންނެވެ.
މިއަދު އޮންލައިން