އިބޫ ސާލިޙު މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
އިބޫ ސާލިޙު މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭތް އިބްރާހިމް މުޙައްމަދު ސާލިޙު (އިބޫ) މިއަދު މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފިއެވެ.



ދޮރުން ދޮރަސް ހިންގަވަން މިއަދު އިބޫ ފެއްޓެވިއިރު އަރިހުގައި އެންމެ އިސްކޮށް ތިއްބެވީ އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކަނޑައަޅުއްވާފައިވާ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ގެ އިތުރުން އެޕާޓީގެ ޗެއާޕަރސަން ގެ ނައިބު އަހުމަދު އަބްދުﷲ އެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި ދޮރުން ދޮރަށް މިއަދު އިބޫ ހިންގަވަން ފެއްޓެވީ ހެންވޭރުންނެވެ. އަދި މާލޭގެ އެހެން އަވަށްތަކުގެ ބައެއް ގެތަކަށް ވެސް މިއަދު އިބޫ ވަޑައިގެންނެވިއެވެ.

މާލެއެކޭ އެއްގޮތަށް ވަރަށް އަވަހަށް އަތޮޅު ތެރެއަށް ވެސް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާނެ ކަމަށް އިބޫ މިއަދު ވިދާޅުވެފައިވެއެވެ.



ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ނެރޭ އެއް ކެންޑިޑޭޓްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސާލިޙު ހަމަޖައްސަން ޕާޓީތަކުން އެއްބަސްވެފައިވާއިރު، ރަނިންމޭޓް ކަނޑައަޅަން ފުރުސަތު ދީފައިވަނީ ޖުމްހޫރީ ޕާޓީ އަށެވެ.
މިއަދު އޮންލައިން