މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެއްގައި 67 އުޅަނދު ބަލައިފާސްކޮށްފިއެވެ.
ސ. ގަން ޕޮލިސް ސްޓޭޝަނާއި، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން، ޖުލައި 1ން 7ށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޓްރެފިކްގެ މިއޮޕަރޭޝަންތަކަކީ، އައްޑޫސިޓީގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، އައްޑޫސިޓީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކެކެވެ. އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވާ މިއޮޕަރޭޝަންގައި، 67 އުޅަނދު ބަލައިފާސްކޮށް، ޤަވާއިދާ ޚިލާފުވެގެން 11 ފަރާތަކާއި މެދު ފިޔަވަޅުއަޅައި ނަސޭހަތްތެރިވެފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ދަނީ ހިންގަމުންއެވެ
ޙަބަރު ޕޮލިސް