ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް އައްޔަނުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަޤާމުން އިސްތިއުފާ ދެއްވާނެކަން ހާމަކުރައްވައިފިއެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ޝަހީމް މަޤާމުން އިސްތިއުފާ ދެއްވާނެކަން ހާމަކުރެއްވީ މިއަދު ހެނދުނު ޔުނިވަރސިޓީގެ ވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ޑރ. ޝަހީމް އިސްތިއުފާ ދެއްވާނެކަން ހާމަކުރެއްވުމާއި ގުޅިގެން ޔުނިވަރސިޓީގެ ވެރިންނާއި މުދައްރިސުން އަދި ދަރިވަރުން ގެންދަނީ ކަންބޮޑުވުމާއި ހިތާމަ ފައުޅުކުރަމުންނެވެ.
ޔުނިވަރސިޓީ އުފެދި ކުރުމުއްދަތެއްގައި ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ހޯދާފައިވާއިރު ޤައުމީ ޔުނިވަރސިޓީއަށް 20 އަހަރުން ހޯދުނު ކާމިޔާބީތައް އައިޔޫއެމުން ވަނީ 2 އަހަރުތެރޭގައި ހޯދާފައިކަން ފާހަގަކުރެވެއެވެ.
ޑރ. ޝަހީމް އަކީ މިހައިތަނަށް ހަވާލުކުރެވުނު ކޮންމެ މަޤާމެއްގައިވެސް ވަރަށް އިޚްލާޞްތެރިކަމާއި ހީވާގި ކަމާއިއެކު ޚިދުމަތް ކުރެއްވުމުގައި ޤައުމަށް ނަމޫނާ ދައްކަވާފައިވާ ޚިދުމަތްތެރިއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.