ޖޭޕީގެ ލީޑަރޝިޕުން ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓާ ބައްދަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޖޭޕީގެ ލީޑަރޝިޕުން ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓާ ބައްދަލުކޮށްފި

ޖޭޕީގެ ލީޑަރޝިޕުން އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ބައްދަލުކޮށްފިއެވެ.

ބައްދަލުކުރެއްވުމަށްފަހު ނައިބް ލީޑަރު މުޙައްމަދު ފަޔާޟް ވިދާޅުވެފައިވަނީ "ދާން ބޭނުންވާ ހިސާބަށް މިހާރު މިވަނީ ގާތް ގަނޑަކަށް އާދެވިފަ" ކަމަށެވެ. އެހެންކަމުން ބެލެވެނީ ޚިޔާލުތަފާތުކޮށް ހުރި ކަންކަން އެއްގޮތްކޮށް ނިމުމަކަށް އައިސްފައިވާކަން ކަމަށް ބެލެވެއެވެ.

ކޯލިޝަން ތެރޭގައި އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ ޖޭޕީން ނެރޭނެ ރަނިންގ މޭޓަކާއިމެދުގައި ކަމަށް ބެލެވޭއިރު މިއަދު ނުވަތަ މާދަމާ އެކަމަށް ގޮތެއް ކަނޑައެޅިގެންދާނެއެވެ. ޖޭޕީން ބުނެފައިވަނީ ރަނިންގ މޭޓަކަށް ކަނޑައަޅާނީ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ޤަބޫލުކުރެވޭ ކެންޑިޑޭތެއް ކަމަށެވެ.
މިއަދު އޮންލައިން