ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތް ނުކުރުމަށް ﷲ ވަނީ ވަޙީކުރައްވަވާފަ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތް ނުކުރުމަށް ﷲ ވަނީ ވަޙީކުރައްވަވާފަ: ޑރ. އިޔާޟް

"ހަމަކަށަވަރުން ހައްޤު ގޮތުގައި، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވެވީ، ކަލޭގެފާނަށް ﷲ ބާވަވައިލައްވަވައިފައިވާ ގޮތުގެމަތީން، މީސްތަކުންގެ މެދުގައި ޙުކުމް ކުރެއްވެވުމަށެވެ. ޚިޔާނާތްތރިންގެ ދިފާއުގައި މަސައްކަތް ކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ."

ރަނިންގ މޭޓް ލައްވާ ރަށްރަށަށް ދަތުރުކުރުވައި ރިޔާސީ އިންތިޚާބު ކާމިޔާބުވުމުން ބާކީކޮށް އެއްލައިލިތަން މާޒީގައި ވަނީ ފެނިފައި ކަމަށާއި އެއީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަމެއް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައި މިވަނީ ޑރ. ޢަބްދުﷲ ޔާމީންގެ މިފަހަރުގެ ރަނިންގ މޭޓަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އައްޔަނުކުރެއްވުމާއި ގުޅިގެންނެވެ.

ޑޜ. އިޔާޟް ފާހަގަކުރައްވަވާފައި އެވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއި ގުޅިގެން ކުރު މުއްދަތެއްގައި ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ބާކީކޮށްލި މައްސަލަކަން ފާހަގަކުރެވޭއިރު އެ އިންތިޚާބުގައި ހުރިހާ ރަށަކަށް ވަޑައިގެން އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ ޑރ. ޖަމީލްކަން ގިނަ ބައަކު ފާހަގަކުރެއެވެ.

ޑރ. އިޔާޟް މިއަދު ވަނީ ކީރިތި ޤްރްއާނުގެ އާޔަތެއްވެސް ޓްވީޓް ކުރައްވައިފައެވެ. "އަދި އަނިޔާވެރިވީ މީހުންގެ ފަރާތަށް ތިއަބައިމީހުން ކުޑަކޮށްވެސް ނުލެނބޭށެވެ. ފަހެ (އެހިނދުން ނަރަކައިގެ އަލިފާން ތިބައިމީހުންގައި (ގައިގައި) ބީހިދާނެތެވެ. އަދި ﷲ ފިޔަވައި ތިއަބައިމީހުންނަށް އެހީތެރިވާނެ އެއްވެސް ފަރާތެއް ނެތެވެ. ދެން ތިއަބައި މީހުންނަކަށް ނަޞްރެއްވެސް ނުލިބޭނެތެވެ."
އަދި ޚިޔާނާތްތެރިންގެ ދިފާއުގައި މަސައްކަތް ނުކުރުމަށް މާތްﷲ ވަހީކުރައްވަވާފައިވާ އާޔަތް ވެސް ވަނީ ޓްވީޓް ކުރަްއވައިފައެވެ.

"ހަމަކަށަވަރުން ހައްޤު ގޮތުގައި، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވެވީ، ކަލޭގެފާނަށް ﷲ ބާވަވައިލައްވަވައިފައިވާ ގޮތުގެމަތީން، މީސްތަކުންގެ މެދުގައި ޙުކުމް ކުރެއްވެވުމަށެވެ. ޚިޔާނާތްތރިންގެ ދިފާއުގައި މަސައްކަތް ކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ."

ޑރ. އިޔާޟް އާއި ޑރ. ޝަހީމް އަކީ ވަރަށް ގާތް ދެ ބޭފުޅުންގެ ގޮތުގައި އެކުގައި މަސައްކަތްޕުޅު ކުރެއްވެވި ދެ ބޭފުޅުންނެވެ. އަދާލަތު ޕާޓީގައި އެކުގައި މަސައްކަތްޕުޅު ކުރެއްވުމުގެ އިތުރުން ފިޤްހް އެކަޑަމީގެ ރައީސް ކަމުގައި ޑރ. ޝަހީމް ހުންނެވިއިރު ނައިބްރައީސަކަށް ހުންނެވީ ވެސް ޑރ. އިޔާޟް އެވެ.
މިއަދު އޮންލައިން