މާފުށީ ޖަލުގައި ހުރި މީހަކަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދެނީ

ކިޔުމަށް ހޭދަވާނީ 33ސ
މާފުށީ ޖަލުގައި ހުރި މީހަކަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭގައި ފަރުވާދެނީ
މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ގައިދީއަކަށް ސްޓްރޯކެއް ޖެހި، ހާލު ސީރިއަސްވުމާއި ގުޅިގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓްރޯކެއް ޖެހިގެން ހާލު ބޮޑުވުމުގެ ސަބަބުން އެމީހާ މާލެ ގެނެވުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އައިޖީއެމްއެޗް ގައި ކަމަށާއި އިތުރު ފަރުވާއަށް އޭޑީކޭ އަށް ބަދަލުކޮށްފައިވަނީ ހުކުރު ދުވަހު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަންސް ގެ ބަހެއް އަދި އޭޑީކޭގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިއަދު އޮންލައިން