ޤައުމުގެ ކަންކަން އިޞްލާޙްކުރެވޭނީ އަމުރުވެރިންނާ ޢިލްމުވެރިން އެއް މަގަކުން ދަތުރުކޮށްގެން: ޑރ. ޤްބާދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޤައުމުގެ ކަންކަން އިޞްލާޙްކުރެވޭނީ އަމުރުވެރިންނާ ޢިލްމުވެރިން އެއް މަގަކުން ދަތުރުކޮށްގެން: ޑރ. ޤްބާދު
ޤައުމެއް އިޞްލާޙްވާނީ އެ ޤައުމެއްގައި ތިއްބަވާ ޢިލްމުވެރިންނާއި އަމުރުވެރިންނާ ދެބައިމީހުން އެއްބައިވެގެން އުޅެގެން ކަމަށާއި އަމުރުވެރިން އެއް މަގަކުން ދާއިރުގައި ޢިލްމުވެރިން އަނެއް މަގަކުން ދާކަމުގައި ވަނީނަމަ އެ ޤައުމެއް އިޞްލާޙްގެ މަގުން ދިއުން ފަސޭހައެއް ނުވާނެ ކަމަށް ޑރ. މުޙައްމަދު ޤްބާދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް އިލްމުވެރިންގެ ތާއީދު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް އޮތްކަން ހާމަކުރުމަށް މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޤްބާދު ވިދާޅުވީ "އެހެންވީމާ އަޅުގަނޑުމެން، ހުރިހާ އިލްމުވެރިން ޤަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ނައު، ދީނީ ނައު އަމާން ބަދަރަކަށް ވާސިލުވުމަށްޓަކައި އެންމެ ރަނގަޅު "ޕެއަރ" އަކީ ރައީސް ޔާމީން އާ ޑރ. ޝަހީމްގެ މައްޗަށް އެކުލެވޭ "ޕެއަރ." ކަމަށެވެ.

ޑރ. ޤްބާދު ވިދާޅުވީ ދީނުގެ އިލްމުވެރިން ބަލާނީ އިސްލާމް ދީނުގެ މަސްލަހަތަށް ކަމަށާއި އަދި ވަޠަނުގެ މަސްލަހަތަށް ކަމަށެވެ. ފަރުދީ ގޮތުން ހުންނަ ކުދިކުދި ކަންތައްތަކަށްވުރެ ބޮޑަށް މިއަދު އިސްކަން ދޭން ޖެހޭނީ މުޅި ޤައުމުގެ މަސްލަހަތަށް ކަމަށެވެ.

ޤްބާދު ވިދާޅުވީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތާއީދުކުރައްވާ ފަޅިއަކަށް ތާއީދުކުރައްވަން އިލްމުވެރިން ކަނޑައެޅުއްވީ އޮގޮތަށް ބެއްލެވުމަށްފަހުގައި ކަމަށެވެ.

"ޑރ. ޝަހީމް އަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވަވާނީ ޤައުމަށާއި އިސްލާމް ދީނަށް އެންމެ ފަހި ނަތީޖާތަކެއް ނެރެވޭނެ ގޮތަށްކަން މާޒީގައި ދައްކަވައިދެއްވާފައިވާ ބޭފުޅެއް. އެހެންވެ ބެލެންހުރި ހުރިހާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު ރައީސް ޢަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. ޝަހީމަށް ތާއީދުކުރަން އަޅުގަނޑުމެން ނިންމީ." ކަމަށްވެސް ޑރ. ޤްބާދު ވިދާޅުވިއެވެ.
މިއަދު އޮންލައިން