މާފުށީ ޖަލުން ސްޓްރޯކް ޖެހިގެން ފަރުވާއަށް މާލެ ގެނައިމީހާ މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 47ސ
މާފުށީ ޖަލުން ސްޓްރޯކް ޖެހިގެން ފަރުވާއަށް މާލެ ގެނައިމީހާ މަރުވެއްޖެ
މާފުށީ ޖަލުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކަށް ސްޓްރޯކެއް ޖެހުމުގެ ސަބަބުން މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް އެމީހާ މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ގދ. ތިނަދޫ ސިލްވަރ، އަހުމަދު ހަމްޒަތު ކިޔާ މީހެކެވެ. އޭނާއަށް ސްޓްރޯކެއް ޖެހިގެން މާލެ ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދަވަހުގެ ރޭ ކަމަށާއި އެންމެ ފުރަމަތަ އޭނާ ގެންދެވުނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެއަށްފަހު މިދިޔަ ހުކުރު ދުވަހު، އޭޑީކޭ ހޮސްޕިޓަލަށް ހަމްޒަތު ބަދަލު ކުރެވިފައިވެއެވެ.

ހަމްޒަތުގެ ހާލު ސީރިއަސްވީ، އޭނާއަށް ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

މިކަމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިއަދު އޮންލައިން