އިނގިރޭސި ވަޒީރު ޑޭވިޑް ޑޭވިސް އިސްތިއުފާދީފި- ބޮޑުވަޒީރު ހާސްކަމުގެ ތެރެއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އިނގިރޭސި ވަޒީރު ޑޭވިޑް ޑޭވިސް އިސްތިއުފާދީފި- ބޮޑުވަޒީރު ހާސްކަމުގެ ތެރެއަށް!

އީޔޫ އިން އިނގިރޭސި ވިލާތް ވަކިވުމުގެ ކަންކަމުގައި އިސްކޮށްހުރި އިނގިރޭސި ވަޒީރު ޑޭވިޑް ޑޭވިސް ކުއްލި ގޮތަކަށް ރޭ އިސްތިއުފާދީފިއެވެ. އޭނާ އާއިއެކު ގިނަ ވަޒީރުންތަކެއް އިސްތިއުފާ ދޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މިކަންތައްގަނޑުގެ ސަބަބުން ބޮޑުވަޒީރު މޭއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. މަޤާމު ދިފާއު ކުރަން ކުރެވޭނެ މާގިނަ ކަންތައްތަކެއް ނެތް ކަމަށް އެއްބައަކު ބުނާއިރު މައްސަލަތައް ގޯސްވެ ސަރުކާރުގެ ތެރޭގައިވަނީ ބޮޑު ކޯޅުން ގަނޑަކަށްވެފައެވެ.
މިއަދު އޮންލައިން