މޫނު ބުރުގާ އަޅައިގެން ވަޒީފާއިން ވަކިކުރި ކަނބަލުންނަށް އަނބުރާ ވަޒީފާ ދިނުމަށް ޝައިޚް ޝަފީއު ޢަބްދުﷲ ގޮވާލައްވައިފިއެވެ. ޝައިޚް ޝަފީއު މިކަމަށް ގޮވާލައްވާފައިވަނީ ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
"މޫނު ބުރުގާ އެޅުމުގެ ސަބަބުން ވަޒީފާއިން ވަކިކުރި އުޚުތުންނަށް އަނބުރާ އެ ވަޒީފާ ދިނުމަށް ޕްރެޒިޑެންޓް ޔާމީނަށް ކުރައްވަން ޖެހިވަޑައިގަންނަވާނީ އެޑިޔުކޭޝަން މިނިސްޓްރީއަށް އެންމެ ފޯނު ކޯލެއް. ވަގުތުން އެކަން ހަމަޖެހޭނެ. އެކަން ކޮށްދެއްވާ!"ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް ސަރުކާރުން ބުނެއެވެ. ހިޖާބައަޅައިގެން ސަރުކާރުގެ ވަޒީފާއަކަށް ނުދެވެއެވެ. ތުނބުޅި ބަހައްޓައި ފައިކުރި ކުރުމުންވެސް ވަޒީފާއިން ވަކިކުރަނީއެވެ.
ކޮންމެ އަހަރަކު ސަރުކާރުން ބޮޑެތި ޚަރަދުތައް ކޮށްގެން ވަހުޝީ އަންހެނުންނާއި ފިރިހެނުން ގެނުވައިގެން ވަނާތަކާއި ބަރަހަނާ ދައްކުވައިގެން ބޮޑެތި ޝޯތައް ބާއްވަނީއެވެ.
އިއްޔެ ނޫސްވެރިންނަށް ބަޔާން ދެއްވި 11 "އިލްމުވެރިން" ވެސް ދެއްކެވީ ޤައުމީ ވަހުދަތުގެ ވާހަކައެވެ. މިފަދަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެންމެ ކުޑަމިނުން މިވެނި މިވެނި ކަންކަން އިޞްލާޙްކުރަންޖެހޭ ކަމަށްވެސް ބުނެނުލައެވެ. އެހެންކަމުން ޤައުމީ ވަހުދަތަކީ މުންކަރާތްތައް އިތުރުކުރުން ކަމަށް ބެލުމުގެ ފުރުޞަތު މިދަނީ އިތުރުވަމުން ކަމަށް ގިނަ ބައަކު ބުނެއެވެ.