އައިޔޫއެމްގެ ޗާންސެލަރކަމުން އިސްތިއުފާ ނުދެއްވަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނިންމަވައިފި އެވެ.
ޑރ. ޝަހީމް ވިދާޅުވީ އެގޮތަށް ނިންމެވީ މިއަދު އިސްތިއުފާ ހުށަހެޅުއްވުމުން ރައީސް ޢަބްދުﷲ ޔާމީން ޤަބޫލުފުޅު ނުކުރެއްވެވުމުން ކަމަށެވެ. އަދި މަޤާމުގައި ދެމިހުންނަވަން ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ލަފާ ވެސް ދިނުމުން ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ޗާނސެލަރގެ މަޤާމުގައި ހުންނެވި ނަމަވެސް ޔުނިވަރސިޓީގެ ކަންކަން ދުވަހުން ދުވަހަށް ހިންގުމަށް މިއަދުގެ ވަގުތެއްގައި ވައިސް ޗާންސެލަރަކު އައްޔަނުކުރައްވާނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީ އެޅުމަށް ހުޅުމާލެއިން ބިމެއް މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިއަދު ބިމެއް ހަމަޖައްސަވާދެއްވައިފި ކަމަށެވެ. އަދި އެބިމުގައި ޒަމާނީ އިމާރާތެއް ކުރަން ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް ސައުދީ އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
އެންމެފަހުން ސައުދިއަަރަބިޔާއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ އިސްލާމީ މިނިސްޓްރީއަށް ކުރެހުމާއި އަގު ހުށަހެޅުމުން މާލީ އެހީތެރިކަން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ސައުދީ އިސްލާމީ މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.