އެމްއޭސީއެލް ގެ ބޯޑު މެމްބަރ ޝަރީފު އެމަގާމުން އިސްތިއުފާ ދެއްވައިފި

ކިޔުމަށް ހޭދަވާނީ 45ސ
އެމްއޭސީއެލް ގެ ބޯޑު މެމްބަރ ޝަރީފު އެމަގާމުން އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެމްބަރު އަހުމަދު ޝަރީފު އަބްދުއްރަޙްމާނު ޔޫސުފް (ހަންޓަ އަޙުމަދު)، އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި މަގާމުން އިސްތިއުފާ ދެއްވީ މިވަގުތު މަސައްކަތް ހުރިގޮތުން އެމަސައްކަތަށް ވަގުތާއި ތަރުހީބު ދެވެން ނެތުމުން ކަމަށެވެ.

ޝަރީފަކީ 2013 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވެރިކަމަށް ގެނައުމަށާއި އެންމެ ފަހުން ނިމިދިޔަ ކައުންސިލް އިންތިޙާބުގައި ހިންނަވަރު ދާއިރާއިން ބޮޑު މެޖޯރިޓީ އެއްވެސް ހޯއްދަވާ ދެއްވުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށް މައުލޫމާތު ލިބެއެވެ.

މީގެއިތުރުން ޝަރީފަކީ ފެލިވަރުގެ ޗެއާމަންކަމާއި އެމްޕީއެލް ގެ ބޯޑު މެމްބަރުކަން ވެސް ކުރެއްވުމުގެ އިތުރުން ޖުމްހޫރީ ޕާޓީގައި ވެސް ކުރިން އުޅުއްވި ބޭފުޅެކެވެ.
މިއަދު އޮންލައިން