ފަރުވާ ނުދީ މަރަނީއޭ ބުނިމާ މަޚްލޫފަށް ދައުވާ - ދަރިފުޅު މަރާލީއޭ ބައްޕަ ބުނީމާ ހަދާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފަރުވާ ނުދީ މަރަނީއޭ ބުނިމާ މަޚްލޫފަށް ދައުވާ - ދަރިފުޅު މަރާލީއޭ ބައްޕަ ބުނީމާ ހަދާނީ ކިހިނެއް؟
މާފުށީ ޖަލުގައި ގައިދީންނަށް ދޭންޖެހޭ ފަރުވާ ނުދީ މަރަނީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަޚްލޫފް ވިދާޅުވުމުން އޭނާގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފައެވެ. މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނިކޮށް ރޭ މަރުވި ހަމްޒަތުގެ މަރާއި ގުޅިގެން "ދަރިފުޅު މަރައިލީ" ކަމަށް އޭނާގެ ބައްޕަ މިވަނީ ބުނެފައެވެ.

އެހެންކަމުން ހަމްޒަތުގެ ބައްޕަގެ މައްޗަށް ދައުވާ އުފުލުމުގެ ފުރުޞަތު އެބައޮތް ކަމަށް ބެލުމުގެ ފުރުޞަތު މިހާރު އެބައޮތް ކަމަށް ބެލެވެއެވެ.

ހަމްޒަތުގެ ބައްޕަ "މިހާރު" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ..

މީގެ އިތުރުން ހަމްޒަތަށް މީގެ ކުރިންވެސް ޖަލުގައި ހުއްޓާ ސްޓްރޯކެއް ޖެހުނު ކަމާއި އެކަން ޢާއިލާއަށް އަންގާފައި ނުވާ ކަމަށްވެސް އޭނާގެ ބައްޕަ ބުނެފައިވެއެވެ. އަދި އޭނާ ބުނެފައިވަނީ އެކަން އެނގުނީ މިދިއަ ހަފްތާގައި އައިޖީއެމްއެޗްގެ ޑޮކްޓަރުން ހެދި ޓެސްޓްތަކުން ކަމަށެވެ.

މާފުށީ ޖަލުގައި ހިނގާ މިފަދަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. މިފަދަ މައްސަލައަކާއި ގުޅިގެން އެކަމުގެ ޒިންމާ އުފުލަންޖެހޭ އެއްވެސް މުވައްޒިފެއްގެ މައްޗަށް މިއިން ޒަމާނެއްގައިވެސްެ ދައުވާ ކުރެވުނުކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް މިފަދަ ކަންކަން ހިނގަމުންދާކަން ހުރިހާ އެންމެންގެ ސަމާލުކަމަށް ގެނައުމަށް މަޚްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން މިހާރު ވަނީ މަޚްލޫފުގެ މައްޗަށް ދައުވާ އުފުލައިފައެވެ.
މިއަދު އޮންލައިން