ސައުދީ އަރަބިއާގެ އިންޓީރިއާ މިނިސްޓަރ އަމީރު އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް އާއި މިއަދު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބައްދަލު ކުރައްވައިފިއެވެ.
ސައުދީގެ އިންޓީރިއާ މިނިސްޓަރ ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި މިއަދު މެންދުރު މާލެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ރާއްޖޭގެ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އެވެ.
އަމީރު އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި އެމްއެންޑީއެފް އިން ވަނީ އެމަނިކުފާނަށް އޮނަރ ގާޑެއް އަރުވާފައެވެ.
މާލެއިން ރަތް ދޫލައިގެ މަރުޙަބާއެއް ކިޔާފައިވާއިރު، ރަސްމީ ފާލަމާއި ރައީސް އޮފީސް ހިމެނޭ ސަރަޙައްދުގެ ސެކިއުރިޓީ ވަރުގަދަކޮށް، އެސަރަޙައްދު އެވަގުތު ބަންދު ކުރިކަމަށް ވެސް މައުލޫމާތުޖ ލިބެއެވެ.