ރަނިންގ މޭޓް އިއުލާނުކުރުން 14 ވަނަ ދުވަހުގެ ރޭ 8:30 ގަ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރަނިންގ މޭޓް އިއުލާނުކުރުން 14 ވަނަ ދުވަހުގެ ރޭ 8:30 ގަ.
14 ޖުލައި ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ޖޭޕީ އިން ރަނިންގ މޭޓަކު އިއުލާނުކުރުން އޮންނާނެ ކަމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިއަދު ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ﷲ ގެ އިރާދަފުޅުން ޖޭޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކުގައި ކަމަށާއި މާތްﷲ އަޅުގަނޑުމެން އެންމެންގެ މަސައްކަތުގައި ބަރަކާތް ލެއްވެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ ކޯލިޝަނަށް ފުރިހަމަ ކާމިޔާބަކަށް ވެސް އެދިވަޑައިގެންފައެވެ.

"14 ޖުލައި ވާ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ޖޭޕީ އިން ރަނިންގ މޭޓަކު އިއުލާނުކުރުން އޮންނާނެ. ﷲ ގެ އިރާދަފުޅުން ޖޭޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު. މާތް ﷲ އަޅުގަނޑުމެން އެންމެންގެ މަސައްކަތުގައި ބަރަކާތް ލައްވަވާށި. ރައްޔިތުންގެ ކޯލިޝަނަށް ފުރިހަމަ ކާމިޔާބަކަށް އެދެން."


މިއަދު އޮންލައިން