ރާއްޖެއަށް ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރު ކޮށްދިނުމަށް ސައުދީން އެހީވާން ނިންމައިފި

ކިޔުމަށް ހޭދަވާނީ 54ސ
ރާއްޖެއަށް ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރު ކޮށްދިނުމަށް ސައުދީން އެހީވާން ނިންމައިފި
ރާއްޖެއަށް ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރު ކޮށްދިނުމަށް ސައުދީ އަރަބިއާއިން އެހީވުމަށް ނިންމާ މިއަދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރާއްޖެއާއި ސައުދީ އަރަބިއާ އާއި ދެމެދު އެއްބަސްވެފައިވަނީ ރާއްޖޭގައި ހެޔޮއަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި މަސްވެރިކަން ކުރިއެރުވުމަށް ސައުދީ ފަންޑުން އެހީތެރިވުމަށެވެ. މިއެހީއާއި ގުޅޭ އެއްވެސް ތަފްސީލެއް ރާއްޖޭ ސަރުކާރުންވެސް އަދި ސައުދީ ސަރުކާރުން ވެސް ހާމައެއް ނުކުރެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރު އާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ބޯޑް އޮފް ޑިރެކްޓަރސް ޗެއާމަން އަޙުމަދު ބިން އަޤީލް އަލް ޚަތީބް އެވެ.

ސައުދީ އަރަބިއާގެ މިނިސްޓަރ އޮފް އިންޓީރިއާރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
މިއަދު އޮންލައިން