ދީނޭ ކިޔައިގެން ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އޮއްބާލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ: ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދީނޭ ކިޔައިގެން ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އޮއްބާލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ: ޢަލީ ޒާހިރު
ދީނުގެ ނަމުގައި ވާހަކަތައް ދައްކައިގެން ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އޮއްބާލަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ނުކުރެވޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު ވަނީ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އެއީ ދީނީ ކަންކަމަށް ނުވެ ދީނީ ކަންކަމަށް ވާނީ ދެން ކޮން ކަމެއްތޯ ސުވާލުކުރެއްވުމުގެ އިތުރުން އަޅުގަނޑުމެން މިއުޅެނީ 2018 އިން ފެށިގެން 5 އަހަރަށް ރާއްޖޭގެ މުފްތީއަކު ހޮވަންތޯ؟ ވެސް ސުވާލު ކުރައްވައިފައެވެ.

"އަޅުގަނޑުމެން މިއުޅެނީ 2018 އިން ފެށިގެން 5 އަހަރަށް ރާއްޖޭގެ މުފްތީއަކު ހޮވަންތޯ؟ ދީނޭ ކިޔައިގެން ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އޮއްބާލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ. އަދި އެކަންކަން އެއީ ދީނީ ކަންކަމަށް ނުވެ ދެން ކޮން ކަމެއްތޯ ދީނީ ކަންކަމަށް ވާނީ؟ ޕީޕީއަށް ނޯ."





މިއަދު އޮންލައިން