މި ސަރުކާރުގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ވަޒީފާ ނެތް ޒުވާނަކު ހުރެގެން ނުވާނެ ކަމަށާއި ކޮންމެ ޒުވާނަކީވެސް އާމްދަނީ ހޯދޭ، ޢާއިލާގެ މީހުންނަށް އެހީތެރިވެދެވޭ މީހަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިމޭރުމުން ރައީސް ޔާމީން ވިދާޅުވީ މ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އުމުރުން 65 އަަހަރުވީ މީހުންނަށް މިހާރު ދެމުން ގެންދާ 5،000 ރުފިޔާގެ އިނާޔަތް ވެސް "މާބޮޑުތަނުން" ބޮޑު ކުރައްވާނެ ކަމަށާއި ނަމަވެސް އަދަދު ބަޔާން ކުރައްވާނީ ފަހުން ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ--