އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލް ފެންވަރުގެ ހޮސްޕިޓަލެއް އަޅުއްވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މ. މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އައިސް ޕްލާންޓްތައް އެޅުމާއި މަސް ބަންދުކުރާ ކާރުޚާނާތައް ހެދުން ފަދަ ކަންކަމަކީ މިހާރު ދައްކަން މާ އާދައިގެ ވާހަކަތައް ކަމަށެވެ. މިހާރު ދައްކަންވީ އެއަށްވުރެ މާބޮޑެތި ޚިދުމަތްތަކުގެ ވާހަކަތައް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ކުރައްވައިގެން އަޅުއްވާ ހޮސްޕިޓަލަކީވެސް ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ފެންވަރުގެ ހޮސްޕިޓަލަކަށް ހައްދަވާނެ ކަމަށެވެ. އަދި ދަރިން މައިންގެ ބަނޑުގައި އަސަގަތުމުން ފެށިގެން ކުދިންނަށް ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކާއި އަންހެނުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުން ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.
އިތުރު ތަފްޞީލް އަންނަނީ