ރައީސް ކަމަށް ކުރިމަތިލާފާނެކަމަށް ހިތަށް އެރިހާ މީހަކާ ޤާނޫނު އަސާސީއާ ޤާނޫނު ޚިޔާރުކުރި އެންމެން އެތިބީ ޖަލުގަ ނޫންތޯ؟: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ރައީސް ކަމަށް ކުރިމަތިލާފާނެކަމަށް ހިތަށް އެރިހާ މީހަކާ ޤާނޫނު އަސާސީއާ ޤާނޫނު ޚިޔާރުކުރި އެންމެން އެތިބީ ޖަލުގަ ނޫންތޯ؟: ޤާސިމް
"ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލައިފާނެކަމަށް ރައީސް ޔާމީނުގެ ހިތްޕުޅަށް އެރިހާ މީހަކާއި ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތަށް ކަންކަން ކުރަން ޚިޔާރުކުރި އެންމެން އެތިބީ ޖަލުގަ ނޫންތޯ" ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ސުވާލުކުރައްވައިފިއެވެ.

ޤާސިމް އިބްރާހީމް މިއަދު ޓްވީޓު ކުރައްވައި ވިދާޅުވީ ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކުރިމަތިލެއްވި އެތައް މަޖިލިސް މެންބަރުންނަކާއި އަދުލު އިންސާފުގެ ކަންކަން ޤާނޫނު އަސާސީ އާއި ޤަނޫނުގައިވާ ގޮތަށް ކުރެއްވިި އެތައް ފަނޑިޔާރުން ތިއްބެވީ ޖަލުގައި ނޫންތޯ ސުވާލު ކުރައްވާ ކަމަށެވެ.

މަޖިލިސް މެންބަރުންގެ ތެރެއިން ވެސް ޤާނޫނު އަސާސީ އާއި ޤާނޫނު ޚިޔާރުކުރި އެންމެން ހިމެނޭ ގޮތަށް ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ތެރެއިން ކަންކަން ކުރި އެންމެން އެތިބީ އަނިޔާވެރި ޙުކުމެއްގައިނޫންތޯ؟ ވެސް ޤާސިމް އިބްރާހީމް ވަނީ ސުވާލުކުރައްވައިފައެވެ.

"ސިޔާސީ މީހުން ރައީސް ކަމަށް ކުރިމަތިލާފާނެކަމަށް ރައީސް ޔާމީނުގެ ހިތަށް އެރިހާ މީހަކާ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކުރިމަތިލެއްވި އެތައް މަޖިލިސް މެންބަރުންނަކާއި އަދުލު އިންސާފު ޤާނޫނު އަސާސީ އާއި ޤަނޫނުގައިވާ ގޮތަށް ކަންކުރި އެތައް ފަނޑިޔާރުން އަދި މަޖިލިސް މެންބަރުންވެސް ޤާނޫނު އަސާސީ އާ ޤާނޫނު ޚިޔާރުކުރި އެންމެން އެތިބީ އަނިޔާވެރި ޙުކުމެއްގަ ނޫންތޯ؟"


މިއަދު އޮންލައިން