އުނގޫފާރު ހޮސްޕިޓަލަށް 6 ޕްރައިވެޓް ކޮޓަރި އަޅަން ހަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އުނގޫފާރު ހޮސްޕިޓަލަށް 6 ޕްރައިވެޓް ކޮޓަރި އަޅަން ހަވާލުކޮށްފި
ރ. އުނގޫފާރު ހޮސްޕިޓަލަށް 6 ޕްރައިވެޓް ކޮޓަރި އަޅަން ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 180 ދުވަހުގެތެރޭގައި މަސައްކަތް ނިންމާ ގޮތަށް، 4،902،786.00 ރުފިޔާއަށް އަމްނާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއިއެވެ.

ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބައަކަށް އެޑްމިޓް ކޮށްގެންވެސް ޚިދުމަތް ދެމުން ގެންދާ ހޮސްޕިޓަލަކަށްވާއިރު އެންމެ ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮންނަނީ ޕްރައިވެޓް ކޮޓަރި ނެތުން ކަމަށްވުމުން މި މަޝްރޫއުގެ ސަބަބުން މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ.

މިއަދު ހަވާލުކުރި މަޝްރޫއުގެ ތެރޭގައި 6 ކޮޓަރީގެ އިތުރުން ނަރސިންގ ސްޓޭޝަނަކާއި ކްލިނިކް ޔުޓިލިޓީ، ޑަރޓީ ޔުޓިލިޓީ، މެޑިކަލް ސްޓޯރު، ޖެނެރަލް ސްޓޯރު، އަދި ޓްރީޓްމަންޓް ރޫމް ހިމެނެއެވެ.
މިއަދު އޮންލައިން