ހޮހަޅައިން ހުރިހާ ކުދިންނާއި ކޯޗު ސަލާމަތް ކޮށްފި

ކިޔުމަށް ހޭދަވާނީ 42ސ
ހޮހަޅައިން ހުރިހާ ކުދިންނާއި ކޯޗު ސަލާމަތް ކޮށްފި
މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ތައިލެންޑް ގެ ތަމް ލައުންގް ހޮހަޅައިގައި ތާށިވެ ނުނިކުމެވިފައި ތިބި 12 ކުދިންނާއި އެކުދިންގެ ކޯޗު ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ފަހުން ހޮހަޅައިން ސަލާމަތް ކޮށްފިއެވެ.

ހޮހަޅައިގައި އެކުދިން ތާށިވެފައިވަނީ އެދުވަހު ފުޓުބޯޅަ ކުޅުމަށްފަހު ހޮހަޅައިގެ އެތެރެ ބަލާލުމަށް ވަނުމުން، މޫސުން ވެގެންނެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހޮހަޅައއި އެތެރޭގައި ފެންބޮޑުވެ، އެތެރެއަށް ވަނުމަށް އިން މަގު ބަންދުވިއެވެ.

މިކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް ތައިލެންޑުގެ ނޭވީ ސީލް ޑަައިވަރުންނާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ޑައިވަރުން އެހީތެރިވެފައިވެއެވެ.

ފާއިތުވީ ތިން ދުވަހުގެ ބުރަ މަސައްކަތާއިއެކު އެކުދިން ސަލާމަތް ކުރެވިފައިވާއިރު، އެކުދިންނާއި ކޯޗު މިވަގުތު ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށާއި އާއިލާއާއި އެކުދިން އަދި ބައްދަލު ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިއަދު އޮންލައިން