ކެންޕޭނުކުރުމުގެ މިނިވަންކަން ނެތުމަކީ އީޔޫ އިން ރާއްޖެއަށް ފިޔަވަޅު އަޅަންޖެހޭ ސަބަބު: ހަސަން ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކެންޕޭނުކުރުމުގެ މިނިވަންކަން ނެތުމަކީ އީޔޫ އިން ރާއްޖެއަށް ފިޔަވަޅު އަޅަންޖެހޭ ސަބަބު: ހަސަން ލަޠީފް
ހުޅުމާލެއިން މިއަދު މިފެނުނީ ރިޔާސީ ކެންޕޭނު ކުރުމުގެ މިނިވަންކަން ރާއްޖޭގައި ނެތްކަން ކަމަށާއި އެއީ ރާއްޖެ އާއިމެދު އީޔޫ އާއި އެހެންވެސް ފަރާތްތަކުން ފިޔަވަޅު އަޅަންޖެހޭ ސަބަބު ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަޠީފް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޙާލަތު އީޔޫ އަށާއި މުޅި ދުނިޔެއަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެހެންކަމުން މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގު ފަހިކުރުމަށްޓަކައި އެފަރާތްތަކަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ޙަސަން ލަޠީފް ވިދާޅުވީ މިނިވަންކަމާއިއެކު ކެންޕޭނު ކުރުމުގެ ހައްޤު އިދިކޮޅު ކެންޑިޑޭޓުންނަށް ނެތްކަން ކުރިންސުރެ ހާމަކުރަމުން ގެންދަންޖެހުނީ މިފަދަ ކަންކަން މިގޮތަށް ހިންގުވާނެކަން ކުރިންވެސް އެންމެންނަށްވެސް އެނގޭތީ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ބޭރުގެ ފަރާތްތަކުން ނިންމަނީ ވެސް މިކަންކަން މިގޮތަށް ހިންގުވާނެކަން އެފަރާތްތަކަށް ޔަޤީންކުރެވޭތީ ކަމަށެވެ.

ޙަސަން ލަޠީފް މިމޭރުމުން ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ކެންޕޭނު ކުރައްވަން މިއަދު ހަވީރު ހުޅުމާލެއަށް ވަޑައިގަތުމުން ޕީޕީއެމްގެ ފާސް އަޅައިގެން ތިބި އޮފިޝަލުންގެ ތާއީދާއިއެކު ބައަކު ނުކުމެ އިބޫގެ ހަށިކޮޅަށް އަތްލަން މަސައްކަތްކުރުމުންނެވެ.
މިއަދު އޮންލައިން