ކޯލިޝަނުގެ ރަނިންގ މޭޓަކަށް ޢަބްދުﷲ އަމީން ކުރިމަތިލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ކޯލިޝަނުގެ ރަނިންގ މޭޓަކަށް ޢަބްދުﷲ އަމީން ކުރިމަތިލައްވައިފި
ގުޅިފައިވާ ކޯލިޝަނުގެ ރަނިންގ މޭޓަކަށް ޖޭޕީގެ ނައިބް ލީޑަރު ޢަބްދުﷲ އަމީން ކުރިމަތިލައްވައިފިއެވެ. ކުރިމަތިލުމުގެ ފުރުޞަތު ޖޭޕީން ހުޅުވައިލުމުން އަމީން މިއަދު ވަނީ ފޯމް ހަވާލުކުރައްވައިފައެވެ.

ޖޭޕީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙް މިއަދު ވިދާާޅުވީ ރަނިންގ މޭޓުކަމަށް ކުރިމަތިލުމުގެ ފުރުޞަތު 13 ވަނަ ދުވަހުގެ 4:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށާއި އެ ރޭ 9:00 ގައި ބާއްވާ ކައުންސިލު ބައްދަލުވުމެއްގައި ރަނިންގ މޭޓަކު ކަނޑައަޅާނެ ކަމަށެވެ.

ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ޖޭޕީގެ މެންބަރުންގެ ތެރެއިން ޤާނޫނުގައި މިކަމަށް ޝަރުޠު ހަމަވާ ޖޭޕީގެ ކޮންމެ މެންބަރަކަށްވެސް ކުރިމަތިލެވިދާނެ ކަމަށެވެ.
މިއަދު އޮންލައިން