ރިޔާސީ ކެންޑިޑޭޓުގެ ހަށިކޮޅަށް ހަމަލާދިން ނަމަވެސް ކޯލިޝަނުގެ ސަޕޯޓަރުން ފަހަތަކަށް ނުޖެހޭނެ: ޢަލީ ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރިޔާސީ ކެންޑިޑޭޓުގެ ހަށިކޮޅަށް ހަމަލާދިން ނަމަވެސް ކޯލިޝަނުގެ ސަޕޯޓަރުން ފަހަތަކަށް ނުޖެހޭނެ: ޢަލީ ޞާލިޙް
ރިޔާސީ ކެންޕޭނަށް ވަޑައިގަތުމުން ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓުގެ ހަށިކޮޅަށް ހަމަލާދިން ނަމަވެސް ކޯލިޝަނުގެ ސަޕޯޓަރުން ފަހަތަށް ނުޖެހޭނެ ކަމަށް ޖޭޕީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

ޢަލީ ޞާލިޙް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންނަށް ހަމަލާ ދިނުމަކީ އެންމެ ދަށު ދަރަޖައިގެ އަމަލުތައް ކަމަށާއި އެންމެ ދަށު ދަރަޖައަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ކަންކަން ވެއްޓެން އެޖެހުނީ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާތީ ކަމަށެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކު ކައިރި ފަދަ ފުލުހުން ޢާންމުކޮށް ބަލަހައްޓަމުން ގެންދާ ސަރަހައްދެއްގައި ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހް (އިބޫ) އަށް ތަކުރާރުކޮށް ހަމަލާ ދިނުމުން އެއީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެއްކަންވެސް ޢަލީ ޞާލިޙް ވަނީ ފާހަގަކުރައްވައިފައެވެ.

ޢަލީ ޞާލިޙް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ރިޔާސީ ކެންޕޭނު ފަށާފައިވަނީ މިފަދަ ނުރައްކައުތެރި ކަންކަން ކުރިމަތިވާނެކަމަށް ބަލައިގެން ކަމަށެވެ. އަދި އެކަންކަމާއިއެކުވެސް ރައްޔިތުން ފަހަތަށް ނުޖެއްސުވޭނެ ކަމާއި ރައްޔިތުންގެ ފުރިހަމަ ތާއީދު އިދިކޮޅު ކޯލިޝަނަށް އޮތްކަމުގެ ފުރިހަމަ ޔަޤީންކަމާއިވެސް އެކުގައި ކަމަށެވެ.
މިއަދު އޮންލައިން