ތުރުކީގެ ރައީސް އަށް ރައީސް ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ކިޔުމަށް ހޭދަވާނީ 51ސ
ތުރުކީގެ ރައީސް އަށް ރައީސް ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
ތުރުކީގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ކުޑަކުދިން ހިމެނޭގޮތަށް އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ތުރުކީގެ ރައީސް ރެކެޕް ތައްރިބް އުރްތުޤާން އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ތުރުކީގެ ރައީސަށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، އެޚަބަރު އެއްސެވީ ކުއްލި ހައިރާން ކަމަކާއި ނުހަނު ކަންބޮޑުވުމާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.

ޤައުމީ ހިތާމައިގެ އެދަނޑިވަޅުގައި ތުރުކީގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންނާއި އަދި ރައީސް ޔާމީންގެ އަމިއްލަ ނަންފުޅުގައި އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތުރުކީގެ ރައްޔިތުންނަށް ޚާއްސަކޮށް މިކަން ތަޙައްމަލު ކުރަން ޖެހުނު ޢާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
މިހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް ރައީސް ޔާމީން މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.
މިއަދު އޮންލައިން