އީޔޫ އިން ރާއްޖެއަށް ފިޔަވަޅު އަޅަންޖެހޭ ސަބަބާމެދު ސަރުކާރާ ބަހުސް ކުރަން ރައީސް ޔާމީން ދައުވަތު ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އީޔޫ އިން ރާއްޖެއަށް ފިޔަވަޅު އަޅަންޖެހޭ ސަބަބާމެދު ސަރުކާރާ ބަހުސް ކުރަން ރައީސް ޔާމީން ދައުވަތު ދެއްވައިފި
އީޔޫ އިން ރާއްޖެއަށް ފިޔަވަޅު އަޅަންޖެހޭ ސަބަބާއިމެދު ސަރުކާރާ ބަހުސް ކުރަން ރައީސް ޢަބްދުﷲ ޔާމީން އިދިކޮޅު ފަރާތްތަކަށް ދައުވަތު ދެއްވައިފިއެވެ.

މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. މުލީ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ފަރާތްތައް ލައްވައި ރާއްޖެއަށް ފިޔަވަޅު އަޅުވަން މަސައްކަތްކުރަންޖެހެންވީ އެއްވެސް ހަޤީޤީ ސަބަބެއް ނުދެއްކޭނެ ކަމަށެވެ. އަދި ސަރުކާރާއިއެކު އެފަދަ ބަހުސެއް ކޮށްގެން އިދިކޮޅު ފަރާތްތައް މޮޅުވެއްޖެނަމަ މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނީ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑު ނުދީ ދަތިކުރަންވެސް ބައަކު މަސައްކަތްކޮށްފައިވާކަން ފުލުހުންގެ ތަޙްޤީޤަށް އެނގިފައިވާ ކަމަށާއި ފުލުހުން އެކަން ހާމަވެސް ކޮށްފައިވާ ކަމަށެވެ. މިފަދަ ކަންކަމަކީ ރާއްޖެއަށް ހެޔޮ އެދޭ އެއްވެސް ބައަކު ކުރާނެ ކަންކަން ނޫން ކަމަށެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ކަންކަން ކުރަނީ ވަރަށް ފުރިހަމައަށްކަމަށާއި ރައްޔިތުން ޝަރުޢީ ނިޒާމު ބަލައިގަންނަ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ޝަރުޢީ ކޯޓުތަކުގެ ބައެއް ނިންމުންތައް ބަލައި ނުގަންނަނީ ސިޔާސީ ބޭނުމަކު ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު އޮންލައިން