ޑރ. ޝަހީމަށް މުފްތީ މެންކުގެވެސް މަރުހަބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޑރ. ޝަހީމަށް މުފްތީ މެންކުގެވެސް މަރުހަބާ!
ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަމަޖެއްސެވުމާއި ގުޅިގެން ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވެސް މަރުހަބާ ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް ވެސް ވަނީ ޑރ. ޝަހީމް އިސްލާމް ދީނުގެ ކަންކަމަށް ދެއްވާ ސަމާލުކަން ފާހަގަކުރައްވައިފައެވެ. އަދި ޑރ. ޝަހީމަށް ލިބިވަޑައިގެންނެވި ފުރުޞަތާއިމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމަށް ކާމިޔާބީއަށް އެދިވަޑައިގަތުމުގެ އިތުރުން ޑރ. ޝަހީމްގެ ސަބަބުން ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އެދިވަޑައިގެން ދުޢާކުރައްވާ ކަމަށް ވެސް މުފްތީ މެންކް ވަނީ ވިދާޅުވެފައެވެ.

ޑރ. ޝަހީމް އަކީ ދިވެހިންގެ ތެރެއިން މުފްތީ މެންކް އެންމެ ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ދީނީ އިލްމުވެރިޔާ އެވެ. އަބަދުވެސް ވަރަށް ބުރަކޮށް އުޅުއްވާ މުފްތީ މެންކް ވަނީ ޑރ. ޝަހީމް އަމިއްލަފުޅު ގޮތުން ދެއްވި ދައުވަތުތަކުގައިވެސް ރާއްޖެއަށް ޒިޔާރަތް ކުރައްވައި ދަރުސް ދެއްވައިފައެވެ.



މިއަދު އޮންލައިން