އައިޔޫއެމްގެ ޗާންސެލަރ އަދި ރައީސް ޔާމީނުގެ ރަނިންގ މޭޓް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އައިއެސް ޖަމާއަތާ ގުޅުވައިގެން ރައީސް މުޙައްމަދު ނަޝީދު ދައްކަވާ ވާހަކަތައް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވެސް ދޮގުކުރައްވައިފިއެވެ.
ދޮގު ކުރެއްވުމުގެ ގޮތުން ޑރ. އިޔާޟް ވަނީ "ޑރ. މުޙައްމަދު ޝަހީމް އައިއެސް ޖަމާއަތާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކި ވާހަކައަކީ ކަަނޑައެޅިގެން ދޮގެއް. ޑރ. ޝަހީމް އަކީ ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. އެކަމަށް އަޅުގަނޑު ހެކިވަން." ކަމަށް ވިދާޅުވެ ޝައިޚް އަނީލް ކުރައްވާފައިވާ ޓްވީޓް ރީޓްވީޓް ކުރައްވާފައެވެ.
ޑރ. އިޔާޟް ގެންދަވަނީ ޑރ. ޝަހީމްގެ ނިންމެވުމަށް ފާޑުވެސް ވިދާޅުވަމުންނެވެ. ޑރ. އިޔާޟް އަކީ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ވެސް އެންމެ އިސް އެއް މެންބަރެވެ.