ކޯލިޝަނުގެ ގުޅުމަށް ބުރޫއަރުވަން ފަތުރާ ދޮގު ވާހަކަތަކަށް ސަމާލުވުމަށް ޤާސިމް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކޯލިޝަނުގެ ގުޅުމަށް ބުރޫއަރުވަން ފަތުރާ ދޮގު ވާހަކަތަކަށް ސަމާލުވުމަށް ޤާސިމް އިލްތިމާސް ކުރައްވައިފި

ގުޅިފައިވާ ކޯލިޝަނުގެ ގުޅުމަށް ބުރޫއަރުވަން ފަތުރާ ދޮގު ވާހަކަތަކަށް ސަމާލުވުމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ނަޝީދުގެ ސަބަބުން ގުޅިފައިވާ މެދުގައި މިއޮތް ގުޅުމަށް ގެއްލުމެއް ލިބިދާނެ ކަމަަށް އެމަނިކުފާނު ނުވަތަ ޖޭޕީން ބުނެފައި ނުވާނެ ކަމަށެވެ. އަދި އެއީ ކޮންމެވެސް ބައަކު ހަދައިގެން އުފައްދައިގެން ދައްކާ ބޮޑު ދޮގު ވާހަކައެއް ކަމަށާއި އެއީ ގުޅިފައިވާ ގުޅުމުގެ މިއެއްބައިވަންތަކަން ކުރިއަށް ދާތީ އެކަން ނެތިކޮށްލުމަށް ހިންގާ ބޮޑު ޖަރީމާއެއްކަމަށެވެ. އެހެންކަމުން މިފަދަ ދޮގު ވާހަކަތައް ޤަބޫލު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


މިކަމަށް އިލްތިމާސްކުރައްވައި ޤާސިމް އިބްރާހީމް ފޮނުއްވި މެސެޖް:

"ރައީސް ނަޝީދުގެ ސަބަބުން އަޅުގަނޑުމެން 4 ބައި މީހުންގެ މެދުގައި މިއޮތް ގުޅުމަށް ގެއްލުމެއް ލިބިދާނެެ ކަމަކަށް ޤާސިމް ނުވަތަ ޖޭޕީން ބުނެފައެއް ނުވާނެ. އެއީ ކޮންމެވެސް ބައަކު ހަދައިގެން އުފައްދައިގެން ދައްކާ ބޮޑު ދޮގު ވާހަކައެއް. އެއީ މިއެއްބައިވަންތަކަން ކުރިއަށް ދާތީ އެކަން ނެތިކޮށްލުމަށް ހިންގާ ބޮޑު ޖަރީމާއެއް. މިފަދަ ދޮގު ވާހަކަތައް ޤަބޫލު ނުކުރެއްވުން އެދެން. ޤާސިމް"
މިއަދު އޮންލައިން