ރަނިންގ މޭޓަކަށް ވުމަށް ޑރ. ޙުސައިން ފޯމް ހުށަހަޅުއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ރަނިންގ މޭޓަކަށް ވުމަށް ޑރ. ޙުސައިން ފޯމް ހުށަހަޅުއްވައިފި

ގުޅިފައިވާ ޕާޓީތަކުގެ ރަނިން މޭޓަކަށްވެވަޑައިގަތުމަށް ޖޭޕީގެ އިސް ނައިބްލީޑަރުގެ ގޮތުގައި ހުންނެވި ޑރ. ޙުސައިން ރަޝީދު ޙަސަން ފޯމް ހުށަހަޅުއްވައިފިއެވެ. ޑރ. ޙުސައިން ފޯމް ހޫށަހެޅުއްވީ މިއަދުއެވެ.

ނައިބް ލީޑަރު ޢަބްދުﷲ އަމީން އިއްޔެ ފޯމް ހުށަހަޅުއްވާފައިވުމާއިއެކު މިހާރު އެ މަޤާމަށް ވާދަކުރައްވަން ހުށަހެޅުއްވި ބޭފުޅުންގެ އަދަދަކީ 2 އެވެ. ފޯމް ހުށަހެޅުމުގެ ފުރުޞަތު ޖޭޕީން ވަނީ 13 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ހުޅުވާލައިފައެވެ.

ރަނިންގ މޭޓަކު ކަނޑައަޅާނީ އެރޭ 9:00 ގައި ބާއްވާ ކައުންސިލް ބައްދަލުވުމެއްގައި ނަގާ ސިއްރުވޯޓަކުންނެވެ.




މިއަދު އޮންލައިން