އިބޫއަށް ހަމަލާ ދޭން އުޅުނު މައްސަލަ ދަނީ ތަހުގީގު ކުރަމުން- ފުލުހުން

ކިޔުމަށް ހޭދަވާނީ 52ސ
އިބޫއަށް ހަމަލާ ދޭން އުޅުނު މައްސަލަ ދަނީ ތަހުގީގު ކުރަމުން- ފުލުހުން
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) އަށް ހަމަލާ ދޭން އުޅެ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހުޅުމާލޭގައި ދޮރުން ދޮރަށް ކެމްޕޭން ކުރެއްވުމަށް އިއްޔެ އިބޫ ވަޑައިގެންނެވުމުން، އިބޫއަށް ބަޔަކު ހަމަދޭން މަސައްކަތް ކޮށްފައިވަނީ ސެންޓްރަލް ޕާކު ކައިރިން ސައިކަލުގައި ދެމީހަކު އައިސް ހަމަނުޖެހުން ހިންގުމަށް ފަހުއެވެ.

މިމައްސަލައިގައި ފުލުހުން ވަކި އެއްޗެއް ނުބުނެ ތިބުމަށްފަހު މިއަދުގެ ވަގުތެއްގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިބޫއަށް ހަމަލާ ދޭން އުޅުނު މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެމްޑީޕީ އިން އިއްޔެ ބުނެފައިވަނީ، މިހާދިސާ ހިނގުމާއެކު ފުުލުހުންނަށް ރިޕޯޓު ކުރިކަމަށާއި އެމައްސަލަ ތަހުގީގު ކުރެއްވުމަށް ވެސް އެދިފައިވާ ކަމަށެވެ.
މިއަދު އޮންލައިން