ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށް ނަގާ ވޯޓުތަކުގަ ބައިވެރި ނުވުމަކީ ރައްޔިތުންގެ ހައްޤުގަ ކުރާ މަސައްކަތެއް: އަނާރާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށް ނަގާ ވޯޓުތަކުގަ ބައިވެރި ނުވުމަކީ ރައްޔިތުންގެ ހައްޤުގަ ކުރާ މަސައްކަތެއް: އަނާރާ
ރައްޔިތުންގެ މަޖިލީހުން ބާއްވަމުން ގެންދާ މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ބައިވެރިނުވަނީ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހުގަ ނަގާ ވޯޓުތަކުގައި ބައިވެރި ނުވުމަކީ ރައްޔިތުންގެ ހައްޤުގައި އިދިކޮޅު މެންބަރުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު މެންބަރުން ބުނަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު މަޖިލީހުން ބޭރުކޮށްފައިވަނީ ރައްޔިތުންގެ ހައްޤުތައް ނިގުޅައި ގަތުމަށް ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް އެ މެންބަރުން އެއްބާރުލުން ނުދޭނެކަން ރައީސް ޔާމީނަށް އެނގިވަޑައިގަތުމުން ކަމަށެވެ.

ޕީޕީއެމްގެ މެންބަރުން ބުނަމުން ގެންދަނީ އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވުމަކީ އެ މެންބަރުން ކުރާ ކުށެއް ކަމަށާއި އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

"ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހުގަ ނަގާ ވޯޓުތަކުގައި ބައިވެރި ނުވުން އެއީ ރައްޔިތުންގެ ހައްޤުގަ ކުރަމުން ގެންދާ މަސައްކަތެއް."


މިއަދު އޮންލައިން