ރަނިންގ މޭޓަކަށް ވުމަށް ފައިޞަލް ނަސީމް ފޯމް ހުށަހަޅުއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ރަނިންގ މޭޓަކަށް ވުމަށް ފައިޞަލް ނަސީމް ފޯމް ހުށަހަޅުއްވައިފި
ގުޅިފައިވާ ޕާޓީތަކުގެ ރަނިންގމޭޓަކަށްވެވަޑައިގަތުމަށް ޖޭޕީގެ ޕީޖީ ގްރޫޕުގެ މެންބަރު، ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް ފޯމް ހުށަހަޅުއްވައިފިއެވެ. ފައިޞަލް ނަސީމް ފޯމް ހުށަހެޅުއްވީ މިއަދުއެވެ.

ނައިބް ލީޑަރު ޢަބްދުﷲ އަމީން އިއްޔެ ފޯމް ހުށަހަޅުއްވައި އަދި އިސް ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވެސް މިއަދު ފޯމް ހުށަހަޅުއްވާފައިވުމާއިއެކު މިހާރު އެ މަޤާމަށް ވާދަކުރައްވަން ހުށަހެޅުއްވި ބޭފުޅުންގެ އަދަދަކީ 3 އެވެ. ފޯމް ހުށަހެޅުމުގެ ފުރުޞަތު ޖޭޕީން ވަނީ 13 ވަނަ ދުވަހުގެ 4:00 އާއި ހަމައަށް ހުޅުވާލައިފައެވެ.

ރަނިންގ މޭޓަކު ކަނޑައަޅާނީ އެރޭ 9:00 ގައި ބާއްވާ ކައުންސިލް ބައްދަލުވުމެއްގައި ނަގާ ސިއްރުވޯޓަކުންނެވެ.


މިއަދު އޮންލައިން