ދީނީ އިލްމުވެރިން ލައްވައި ވާހަކަ ބަދަލުކުރުވައިގެން ވައްކަމާ އަނިޔާވެރިކަމަށް ފަހެއް ނޭޅޭނެ: މެންބަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދީނީ އިލްމުވެރިން ލައްވައި ވާހަކަ ބަދަލުކުރުވައިގެން ވައްކަމާ އަނިޔާވެރިކަމަށް ފަހެއް ނޭޅޭނެ: މެންބަރުން
ދީނީ އިލްމުވެރިން ކުރިއަށް ނެރުވައި ދީނީ ޢިލްމުވެރިން ލައްވައި ވާހަކަ ބަދަލުކުރުވައިގެން މިސަރުކާރުން ކޮށްފައިވާ ވައްކަންތަކާއި އަނިޔާވެރިކަމަށް ފަސް އަޅައި ނުފޮރުވޭނެ ކަމަށް މަޖިލީހަށް ވަނުން މަނާކޮށްފައިވާ 12 މެންބަރުންގެ ފަރާތުން ބުނެފިއެވެ.



މ. ކުނުޒުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 12 މެންބަރުންގެ ފަރާތުން ވަނީ މިސަރުކާރުން ކޮށްފައިވާ ވައްކަންތަކާއި ކޮށްފައިވާ އަނިޔާވެރި ކަންކަމާއި އަދި އިސްލާމް ދީނާއި ޚިލާފަށް ކޮށްފައިވާ ކަންކަމާއި އަދި އިސްލާމް ދީނަށް ކޮށްފައިވާ ފުރައްސާރަތައް ހާމަކޮށް އެކަންކަން އެގޮތަށް ހިގާފައިވާކަން އެނގިވަޑައި ނުގަންނަވާތޯ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ސުވާލުކުރައްވައިފައެވެ.



މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ވިދާޅުވީ މިސަރުކާރުން ކޮށްފައިވާ މިފަދަ ހުރިހާ ކަންކަން ރަނގަޅަށް އެނގިތިބެމެ، އެކަންކަމުގެ ވާހަކަތައް ނުދައްކައި ކުރިއަށް ހުރި ކަންކަމުގެ ވާހަކަތައް ދައްކައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލަން މަސައްކަތް ކުރާނަމަ އެކުރާ ކަންކަން ވާނީ އެއްވެސް އިޚްލާޞްތެރިކަމެއް ނެތް ކަމަކަށް ކަމަށެވެ. އަދި އެފަދަ ކޮންމެ ކަމެއް ވާނީ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލުން ކަމަށެވެ.

ސަރުކާރުން ބޭނުންވެއްޖެނަމަ ކިތަންމެ ކުޑަކަމެއްގައި ނަމަވެސް އަދި ބޮޑުކަމެއްގައި ނަމަވެސް އެކަމެއްގެ ތެރެއަށް ސަރުކާރުން ވަދެ ހައްޤު ނޫން ދައުވާތައް އުފުލައި ޝަރީއަތަށް ނުފޫޒުފޯރުވައި ބޮޑެތި ޙުކުމްތައް މީހުންގެ މައްޗަށް އިއްވުވާފައިވާއިރު އެކަންކަމަށް އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭނެ ބައަކީވެސް ދީނީ އިލްމުވެރިން ކަމުގައި އަމިތު ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން