ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގެ ދަރިކަލުން އަޙުމަދު ފާރިސް މައުމޫން ޖަލަށް ލާން ކުރި ހުކުމް އިސްތިިއުނާފް ކުރުމަށް ހައިކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
ޕީޕީއެމް ގެ ދިދަ އާއި ލޯގޯ ޤަވާއިދާއި ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ޝަޚްސު އޮޅުވާލުމުގެ ތުހުމަތުގައި ފަރިސް ގެ މައްޗަށް އެއް އަހަރާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމް ފާރިސް ގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާކަން އެމަނިކުފާނުގެ ވަކީލުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ފާރިސް މައުމޫންގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެމަނިކުފާނަށް ނުގެއްލެއެވެ.