ޝްރީ ލަންކާ މަސްބޯޓެއް ރާއްޖެ ސަރަޙައްދުގައި އޮޔާދަނީ، ސަމާލުވޭ!

ކިޔުމަށް ހޭދަވާނީ 31ސ
ޝްރީ ލަންކާ މަސްބޯޓެއް ރާއްޖެ ސަރަޙައްދުގައި އޮޔާދަނީ، ސަމާލުވޭ!
ހާލުގައި ޖެހިފައިވާ ޝްރީ ލަންކާގެ މަސްބޯޓެއް ރާއްޖެ ސަރަޙައްދުން އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ.

"ސިންދޫރް 2" ނަމަކަށް ކިޔާ ޝްރީ ލަންކާގެ މަސް ބޯޓު އޮޔާދަނީ ހުވަދޫ އަތޮޅާއި ލ. އަތޮޅާއި ދޭތެރޭ ހުޅަނގަށް ކަމަށައި އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ޚާއްސަކޮށް ރޭގަނޑު އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.
މިއަދު އޮންލައިން