ގައަށް އަތްލަން އުޅެ، ކަޅުތެޔޮ ޖަހާ ހަމަނުޖެހުން ހިންގުވީ އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތްކަން ދައްކަން؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ގައަށް އަތްލަން އުޅެ، ކަޅުތެޔޮ ޖަހާ ހަމަނުޖެހުން ހިންގުވީ އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތްކަން ދައްކަން؟
ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ކެންޕޭނު ކުރައްވަން އިއްޔެ ހުޅުމާލެއަށް ވަޑައިގަތުމުން އެމަނިކުފާނުގެ ހަށިކޮޅަށް އަތްލަން އުޅުމާއި އަދި އިބޫ ހިމެނޭ ގޮތަށް ކެންޕޭނު ޓީމުގެ މެންބަރުންގެ ގައަށް ކަޅުތެޔޮ ޖެހުން ފަދަ ކަންކަން ކުރުވީ މިފަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވުމުގެ ނިޔަތް އޮތުމުން އިންތިޚާބު ބޭއްވޭނެ މާހަލައެއް ނެތްކަން ދެއްކުވުމަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.



އެފަދަ ފަރާތްތަކުން ބުނަނީ ޕީޕީއެމުން މިފަދަ ކަންކަން ކުރުވުމުގެ ބޭނުމަކީ އެމްޑީޕީ ލައްވައިވެސް މިފަދަ ކަންކަން ކުރުވުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ދެކޮޅުން ދެ ބައިމީހުން މިފދަ އަމަލުތައް ހިންގަން ފަށައިގަތުމުން އެކަން އެއީ އުޒުރަކަށް ދައްކައިގެން ރިޔާސީ އިންތިޚާބު ނުބޭއްވުމަށް މަގުފަހިކުރަން ކަމަށެވެ.

މިގޮތަށް ޤަބޫލުކުރާ އެމްޑީޕީގެ އިސް މެންބަރަކު ބުނީ ކޯލިޝަނުން މިފަދަ "ގުއިރޯނެއްގައި" ނުޖެހޭނެ ކަމަށާއި ކަންކަން ކުރަމުން ގެންދާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައި ކަމަށެވެ.



"އެޗްޑީސީ މުވައްޒިފުން ލައްވައި އެފަދަ ކަންކަން ކުރުވަން ވަރަށް ފަސޭހަވާނެ ގޮތަކަށް އެކުންފުނިން ކަންކަން ކުރަމުން އަންނަނީ. މިހާރު ހިންގާ ވަގުތީ ލޯކަލް މާރުކޭޓުގެ ގޮޅިތައްވެސް ދީފައި ހުންނަނީ ކުންފުނީގެ މުވައްޒިފުންނަށް. އެމީހުން އަތުން ކުއްޔަށް ނަގައިގެން ގޮޅިތައް ހިންގަނީ. އަލަށް އަޅާ މާރުކޭޓް ނިމުނީމަ ވެސް ގޮޅި ދޫކުރާނެ. ބުނާހާ ކަމެއް ކޮށްދޭނަމަ ފަސޭހައިން ގޮޅިވެސް ލިބޭނެ ނޫންތޯ؟" އޭނާ ވަނީ ސުވާލުކުރައްވައިފައެވެ.



ގުޅިފައިވާ ކޯލިޝަނުގެ ފަރާތުން ކެންޕޭނުކުރަން ދިއުމުން ކެންޕޭނުކުރަން ދިއަ މީހުންގެ ގައަށް ކަޅު ތެޔޮ ޖަހާފައިވާއިރު އެއިގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި މާލެ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާފައިވާ މުޙައްމަދު ޝިހާބް ވެސް ހިމެނިވަޑައިގަންނަވައެވެ.
މިއަދު އޮންލައިން