މިނިސްޓްރީ އޮފް ޑިފެންސް އާއި ނެޝަނަލް ސެކިއުރިޓީ ގުޅިގެން 2018 ވަނައަހަރުގެ އަހަރީ ޕްލޭން ޖަލްސާ ނުވަތަ ސްޓްރޓެޖީ އެކްޝަން ޕްލޭން ފޯރަމް މިއަދުވަނީ ބާއްވައިފައެވެ.
މިޖަލްސާގެ ޝަރަފުގައިހުންނެވީ މިނިސްޓްރ އޮފް ޑިފެންސް އާދަމް ޝަރީފް އުމަރެވެ. އޭގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް މުހައްމަދު ޒުހުރީއެވެ.
މިޖަލްސާގައި މައިގަނޑު ކަމަކަށް އޮތީ މިނިސްޓްރީ އޮފް ޑިފެންސް އާއި ނެޝަނަލް ސްކިއުރިޓީ މިނިސްޓްރީގެ މުއައްސަސާތަކުގެ މަސައްކަތާ އެމަސްއްކަތްތައް ގޮސްފައިވާ ހިސާބު ރިވިޔުކުރުމެވެ.
މިޖަލްސާގައި މިނިސްޓަރުގެ ވާހަކަފުޅު ދައްކަވަމުން މަސައްކަތްތައް ކުރިޔަށްގެނަދިޔުމުގައި ތަރުތީބުކަން ބެހެއްޓުމަށް މުއައްޒަފުންނަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި އެމަސައްކަތެއް ކުރިޔައްދާގޮތް އެމުވައްޒަފެއްގެ އިސްވެރިއަކައް ރިޕޯކުރަމުން ކުރިޔަށް ގެންދިޔުމައް ވެސް ވިދާޅުވިއެވެެ.
މިނިސްޓްރީގެ މަސައްކަތްތައް ކުރިޔައްވުރެއް ރަންގަޅުވެފައިވާ ކަމާއި ކުރިޔަށްއޮތްތާގައި މިއަށްވުރެ ބޮޑަށް މިމުއައްސަސާގެ މަސައްކަތްތައް ރަނގަޅު ކުރުމަށް އެންމެހައި މުއައްޒަފުންނަށް ޑިފެންސް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.