ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 32ސ
ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
އައްޑޫސިޓީ ހިތަދޫގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހަވީރު 16:45 ހާއިރު ހިތަދޫ ލިލީ މަގުގައެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ، ހިތަދޫ ބީއެމްއެލް ކޯލް ސެންޓަރުގައި މަސައްކަތް ކުރާ އަންހެނަކަށް ކަމަށާއި އޭނާއަށް މިވަގުތު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިއެކްސިޑެންޓު ހިނގި ސަރަޙައްދު ފުލުހުން މިވަގުތު ވަނީ ތަހުގީގަށް ބަންދު ކޮށްފައެވެ. އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން