ސަރުކާރުން އިމާރާތް ކުރަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވުން ފަސްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެއްސާފައިވާ ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވުން ފަސްކޮށްފައިވަނީ އެތަނަށް ބޭނުންވާ މެޝިންތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވި ގޮތުގައި އެހޮސްޕިޓަލުގެ ބައެއް ފަންގިފިލާތަކުގެ ޚިދުމަތް އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ފެށޭނެއެވެ. މީގެ އިތުރުން އެހޮސްޕިޓަލުގެ ފުރަތަމަ ތިން ފަންގިފިލާގައި ގާއިމް ކޮށްފައިވަނީ ބަލިމީހުން ބަލާ ކޮޓަރިތަކެވެ.
މީގެ ތިން އަހަރު ކުރިން އިމާރާތް ކުރަން ފެށުނު މިހޮސްޕިޓަލުގެ ޚިދުމަތް ދޭން ފެށޭނެ ސީދާ ތާރީޚެއް މިނިސްޓަރ ނާޒިމް ވިދާޅުވެފައެއް ނުވެއެވެ.