ޝައިޚް އިލްޔާސް ވިދާޅުވީ ކިތަންމެ ޚިޔާލު ތަފާތުވި ނަމަވެސް އަދި ކިތަންމެ ނުރުހުނު ކަމުގައިވި ނަމަވެސް ހަޤީޤަތާއި ޚިލާފަށް މީހުންގެ އަބުރާ އިއްޒަތް ކަތިލެވޭ ގޮތަށް ދޮގު ޚަބަރު ފެތުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ޑރ. ޝަހީމަކީ އައިސިސް ޖަމާއަތާއި އެއްވެސް ބާވަތެއްގެ ގުޅުމެއް ބާއްވަވާ ބޭފުޅެއް ނޫން ކަމަށް ޝައިޚް އިލްޔާސް ވެސް ހެކިވެވަޑައިގަންނަވާ ކަމަށެވެ.
ޑރ. ޝަހީމް އައިއެސް ޖަމާއަތާއި ގުޅުން ބާއްވަވާ ކަމަށް ވިދާޅުވުމުން ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން މިހާރުވެސް ވަނީ އެކަން ދޮގު ކުރައްވައިފައެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ޑރ. ޝަހީމަކީ އަބަދުވެސް ހަރުކަށި ފިކުރަށް ދެކޮޅު ހައްދަވާ ބޭފުޅަކަށްވުމެވެ.
ޑރ. ޝަހީމް އަބަދުވެސް ވިދާޅުވެފައިވަނީ ޖިހާދު ކުރުމުގެ ނަމުގައި އެހެން ޤައުމުތަކުގައި ހިންގާ ދާޚިލީ ހަނގުރާމަތަކާއި މައްސަލަތަކުގެ ތެރެއަށް ވަނުން އިސްލާމް ދީން ހުއްދަ ނުކުރާ ކަމަށެވެ. އަދި ސީރިޔާ ފަދަ ޤައުމުތަކުގެ މީހުން ބޭނުންވަނީ ހަނގުރާމަ ކުރާނެ މީހުން ނޫން ކަމަށާއި އެމީހުން ބޭނުންވަނީ މުސްލިމުންގެ ހެޔޮ ދުޢާ އާއި މާލީ އަދި ތަކެތީގެ އެހީތެރިކަން ފަދަ އެހީތެރިކަން ކަމަށެވެ.
ޖިހާދުކުރުމުގެ ނަމުގައި އެހެން ޤައުމުތަކުގެ މީހުން ސީރިޔާ ފަދަ ޤައުމުތަކަށް ދިއުމުން އެ ޤައުމުތަކަށް ކުރިމަތިވަނީ އިތުރު އުނދަގޫތައް ކަމަށްވެސް ޑރ. ޝަހީމް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ޖިހާދަށް ކުރިމަތިލާންޖެހޭނީ ދީނީ ގޮތުން އެކަމަށް ވަރަށް ޝަރުޠު ތަކެއް ފުރިހަމަވުމުން ކަމަށާއި ދިވެހިންގެ ބައަކު ޖިހާދަށް ނުކުންނަނަމަ އެކަމަށް ގޮވާލައްވާނީ ރާއްޖޭގެ ވަލިއްޔުލްއަމުރު ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އައިއެސް ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކާއި ކަނޑައެޅިގެން ދެކޮޅު ހައްދަވަމުން ގެންދަވާ ދީނީ ޢިލްމުވެރިއެއްގެ އިސްތަށިފުޅުގައި ކަނޑައެޅިގެން ދޮގު އިލްޒާމްތަކެއް އެޅުވުމުން ޢާންމުންގެ ގިނަ ބައަކު ވެސް ދަނީ އެކަން ކުށްވެރިކުރަމުންނެވެ.
ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓް:
"ކިތަންމެ ޚިޔާލު ތަފާތުވިޔަސް އަދި ކިތަންމެ ނުރުހުނު ކަމުގައިވިޔަސް ހަޤީޤަތާ ޚިލާފަށް މީހުންގެ އަބުރާ އިއްޒަތް ކަތިލެވޭ ގޮތަށް ދޮގު ޚަބަރު ފެތުރުުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ޑރ. ޝަހީމަކީ އައިސިސް ޖަމާއަތާ އެއްވެސްކަހަލަ ގުޅުމެއް އޮންނަ ބޭފުޅެއް ނޫން ކަމަށް އަޅުގަނޑު ހެކިވަމެވެ."
Kithamme khiyalu thafathuviyas adhi kithamme nurunukamugaiviyas hageegatha khilafa meehunge aburaizzah kathileveygotha dhogu kha barutha fethurumakee gaboolukureveynekamehh nooneve.
— Ilyas Hussain (@ilyaasipa) July 11, 2018
Dr shaheemakee isis jama tha evveskahala gulhumeh onna beyfulhnoonkamah alhugandu hekivameve