ޝައިޚް ޢަލީ ޒައިދު މިރޭ ވިދާޅުވީ ދީން ނުކިޔަވައި ތިބި ބައެއް މީހުން މިވެނިކަމެއް ވާޖިބު އަދި މިވެނި ކަމެއް ޙަރާމް ކަމަށް ބުނެ ދީނުގެ ޙުކުމްތައް ބަޔާންކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދީނީ ޙުކުމްތައް ބަޔާންކޮށްދެވޭނެ ފެންވަރު ހުރި ޢިލްމީ ބޭފުޅުން ރާއްޖޭގައި އެބަތިއްބެވި ކަމަށާއި ރަނގަޅު ގޮތަކީ ދީނުގެ ޙުކުމްތައް ބަޔާން ކުރެއްވުން ދީނީ އިލްމުވެރިންނަށް ދޫކޮށްލުން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
މިފަދަ ފަތުވާއެއް ނެރުއްވީ ކީއްވެގެންކަން ޝައިޚް ޢަލީ ޒައިދު ބަޔާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޝައިޚް ޢަލީ ޒައިދު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ ޖަލްސާތަކުގައި ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ދީނީ ގޮތުން ވާޖިބު ކަންކަމާއި ހަރާމް ކަންކަން ބަޔާން ކުރައްވަމުން ގެންދަވާތީ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ.
"ދީން ނުކިޔަވާ ތިބި ބައެއް މީހުން މިވެނިކަމެއް ވާޖިބޭ، މިވެނި ކަމެއް ޙަރާމޭ، މިހެން ކިޔާތީ ކަންބޮޑުވޭ. ދީނީ ޙުކުމްތައް ބަޔާންކޮށްދެވޭނެ ފެންވަރު ހުރި ޢިލްމީ ބޭފުޅުން ރާއްޖޭގަ އެބަތިބި ކިޔަވައިގެން. އެކަން އެމީހުންނަށް ދޫކޮށްލުންހެން ހީވަނީ އެންމެ ރަނގަޅު ގޮތަކީ."
Dheen nukiyavaa thibi baeh meehun miveni kameh vaajibey...miveni kameh haraamey...mihen kiyaathee kanbodu vey...Dheenee Hukum thah bayaankoh dheveyne fenvaru huri ilmee beyfulhu Raajjeyga eba thibi kiyavaigen. Ekan emeehunnah dhookollun hen heevanee enme rangalhu gothakee.
— Ali Zaid (@alizaid1000) July 11, 2018