މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ޞާލިޙު (އިބޫ) މިރޭ ކާނަލް މުޙައްމަދު ނާޒިމް ގެ އާއިލާއާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަޙްލޫފް އާއި ބައްދަލު ކުރައްވައިފިއެވެ.
ކާނަލް ނާޒިމް ގެ އާއިލާއާއި އެމްޕީ މަޙްލޫފް ގެ އާއިލާއާއި ވެސް އިބޫ ބައްދަލު ކުރެއްވީ، އެބޭފުޅުންގެ ގެއަށް ވަޑައިގެން މިރޭގެ ވަގުތެއްގައެވެ.
ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ އިބޫ ޞާލިޙު ވަނީ މާލޭއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދޮރުން ދޮރަށް ހިންގަވާ ކެމްޕެއިން ވެސް ކުރައްވާފައެވެ.