އިންޑިއާގަ ދާލިތުން- ރާއްޖޭގަ ރާއްޖެތެރޭ މީހުން- ރަށްރަށުން ގޯތި ހޯދަން މާލޭ މީހުންނަށް ދަފްތަރުގަ ޖެހެން ނުޖެހެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އިންޑިއާގަ ދާލިތުން- ރާއްޖޭގަ ރާއްޖެތެރޭ މީހުން- ރަށްރަށުން ގޯތި ހޯދަން މާލޭ މީހުންނަށް ދަފްތަރުގަ ޖެހެން ނުޖެހެނީ ކީއްވެ؟


މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށް މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ މީހުން ދަފްތަރުގައި ޖެއްސުޔުމުގެ ކަންކަން އަލުން ފަށައިގަތުމުން ޖޭޕީގެ ނައިބް ރައީސް ޑރ. ޢަބްދުﷲ މަޢްޞޫމް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

ޑރ. މަޢްޞޫމް ވިދާޅުވީ ދަފްތަރުގެ މާާނައަކީ އެމީހުން ރަޖިސްޓްރީ ވާނެ އެއްވެސް ތަނެއް ނެތް ބައަކު ތަނެއްގައި ރަޖިސްޓްރީ ކުރުން ކަމަށެވެ. އަދި މުހިންމު ކޮންމެ ކަމަކަށް މާލެ އަންނަން ޖެހޭ އަޅުވެތިކުރުމުގެ ނިޒާމް ބަދަލުކުރަންޖެހޭ ކަމަށެވެ.

ޑރ. މަޢްޞޫމް މިމޭރުމުން ވިދާޅުވެފައިވާއިރު އެ ޤައުމެއްގެ ރައްޔިތަކު އެ ޤައުމެއްގެ ވަކި ސަރަހައްދެއްގައި ދިރިއުޅެން އެމީހާގެ ޙަޤީޤީ އެޑްރެސް ދޫކޮށްލައި އެ ސަރަހައްދެއްގައި ރަޖިސްޓްރީވުމަކީ އެއްވެސް ޤައުމެއްގައި ކުރަންޖެހޭ ކަމެއް ނޫނެވެ.

މިގޮތުުން ރާއްޖެއަށް ބެލި ނަމަވެސް މާލޭ މީހުން އެހެން ރަށްރަށުން ގޯތި ހޯދަން ބޭނުންވުމުން އެއްވެސް ދަފްތަރެއްގައި ޖެހޭކަށް ނުޖެހެއެވެ. އެހެންކަމަށްވާއިރު ރާއްޖެތެރެއަށް ނިޞްބަތްވާ މީހުން މާލެއިން ފްލެޓެއް ނުވަތަ ބިމެއް ހޯދަން ދަފްތަރެއްގައި ޖެހެން ޖެހުމަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ. އަދި އެއީ ރާއްޖެތެރޭގެ މީހުންނަށް ކުރާ ފުރައްސާރައެއް ކަމަށާއި އެއީ އިންޑިއާގައި އެންމެ ފަޤީރު ނަސްލުގެ މީހުންނަށް "ދާލިތު" ކިޔައި ކަންކަން ކުރާ އުޞޫލުން ކުރާ ކަމެއް ކަމަށްވެސް ގިނަ ބައަކު ބުނެއެވެ.



މިއަދު އޮންލައިން