އިބޫ އައްޑޫއަށާ ފުވައްމުލަކަށް- ހޮނިހިރު ދުވަހު ހުރިހާ ރަށެއްގަ ދޮރުން ދޮރަށް ކެންޕޭނު ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އިބޫ އައްޑޫއަށާ ފުވައްމުލަކަށް- ހޮނިހިރު ދުވަހު ހުރިހާ ރަށެއްގަ ދޮރުން  ދޮރަށް ކެންޕޭނު ފަށަނީ

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ފެށޭ ހަފްތާ ބަންދުގައި އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖައްސައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިއާ އަޙްމަދު ދީދީ މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ދޮރުން ދޮރަށް ކެންޕޭނު ފަށާނެ ކަމަށާއި މި ކެންޕޭނު ރަސްމީކޮށް ފައްޓަވައިދެއްވާނީ އައްޑޫ ސިޓީގައި ހުންނަވައިގެން ރިޔާސީ ކެންޑިޑޭޓް އިބޫ ކަމަށެވެ.

މާރިއާ ވިދާޅުވީ ކެންޕޭނުގެ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރުވެސް ކުރިއަށް ގެންދާ ކަމަށާއި މިއީ ރަސްމީކޮށް ކެންޕޭނު ފެށުން ކަމަށެވެ.
އިބޫ އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކުގައިވެސް ކެންޕޭނު ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް މާރިއާ ވިދާޅުވިއެވެ.
މިއަދު އޮންލައިން