ކޯލިޝަނުން ދޮރުން ދޮރަށް ކުރިއަށް ގެންދާ ކެންޕޭން ހަރަކާތްތަކަށް ފުލުހުންގެ ހިމާޔަތަށް އެދިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކޯލިޝަނުން ދޮރުން ދޮރަށް ކުރިއަށް  ގެންދާ ކެންޕޭން ހަރަކާތްތަކަށް ފުލުހުންގެ ހިމާޔަތަށް އެދިއްޖެ

ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ރިޔާސީ ކެންޕޭނުގައި ދޮރުން ދޮރަށް ކުރިއަށް ގެންދާ ކެންޕޭން ހަރަކާތްތަކަށް ފުލުހުންގެ ހިމާޔަތަށް އެދިއްޖެއެވެ.

މާރިއާ އަޙްމަދު ދީދީ މިއަދު ވިދާޅުވީ ދެމީހަކު ނަމަވެސް މަގުމަތީގައި މުޒާހަރާއެއް ކުރާނަމަ އެތަނަކަށް ފުލުހުން ދުވެފައި އަންނަ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެންޕޭނު ޙަރަކާތްތަކަށްވެސް އެފަދަ ސަމާލުކަމެއް ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

މާރިއާ ވިދާޅުވީ ހުޅުމާލެއަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވަޑައިގަތުމުން ޕީޕީއެމްއަށް ނިޞްބަތްވާ ބައަކު ނުކުމެ އިބޫގެ ހަށިކޮޅަށް އަރައިގަންނަން އުޅުނު މައްސަލައިގައި ފުލުހުންނަށް ވާނީ މައްސަލަ ހުށަހަޅާފައި ކަމަށާއި ނަމަވެސް އަދި މިހައި ތަނަށްވެސް ފުލުހުން ރަސްމީ ސިފައެއްގައި އެއްވެސް ބަހެއް ބުނެފައިނުވާތީ ކަންބޮޑވެވަޑައިގަންނަވާ ކަމަށެވެ.

މާރިއާ ފުލުހުން ރަސްމީ ސިފައެއްގައި އެއްވެސް ބަހެއް ނުބުނެ ތިބެފައި އިނގިރޭސިބަހުން ޓްވީޓެއް ކުރުމުން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މަގުމަތީގައި ހިނގާ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ދޭ ސަމާލުކަން މަގުމަތީގައި ހިންގާ ހުރިހާ ކަންކަން ބެލެހެއްޓުމަށް ދިނުމަށް ވެސް މާރިއާ ވަނީ އެދިވަޑައިގެންފައެވެ.
މިއަދު އޮންލައިން