ޗައިނާއިން ސީ އެމްބިޔުލާންސެއް ހަދިޔާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޗައިނާއިން ސީ އެމްބިޔުލާންސެއް ހަދިޔާކޮށްފި

ޗައިނާއިން ރާއްޖެއަށް ސީ އެމްބިޔުލާންސެއް ހަދިޔާކޮށް ކޯސްޓް ގާޑާއި ހަވާލުކޮށްފިއެވެ. މިރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ ސަފީރު ޒާންގ ލީޒޯންގ ވިދާޅުވީ "ޝިޕް ޕީސް" އަކީ ޗައިނާ އާއި ރާއްޖޭގެ ރައްޔިތުން އިތުރަށް ގުޅުވާލަދޭ ފާލަމަކަށްވެގެންދާނެ ކަމަށެވެ.
ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާ އާއި ދެމެދުގައި ގުޅުން ބަދަހިވަމުން އަންނަތާ އެތައް އެހަރެއްވެފައިވާ ކަމަށާއި 2014 ވަނަ އަހަރު ރާއްޖޭގައި ދެ ޤައުމުގެ ލީޑަރުން ބައްދަލުކުރެއްވެވި ދުވަހުން ފެށިގެން އެ ގުޅުންތައް އިތުރު ހަރުފަތްތަކަކަށް އުފުލިފައިވާ ކަމަށެވެ.
ސަފީރު ވިދާޅުވީ 2015 ވަނަ އަަހަރު ސޮއިކުރެވުނު އެއްބަސްވުމުގެދަށުން ބަނދެފައިވާ ސީއެމްބިޔުލާންސް ބަނދުފައިވާނީ އެންމެ ޒަމާނީ ވަސީލަތްތަކާއިއެކުގައި ކަމަށެވެ. އަދި އިކްއިޕްމަންޓްތަކާއި ވަސީލަތްތައް ބޭނުންކުރާނެ ގޮތް ޗައިނާގެ ތަޖުރިބާކާރުން ދިވެހިންނަށް ދަސްކޮށްދޭނެ ކަމަށެވެ.

ސަފީރު ވިދާޅުވީ މި އެމްބިޔުލާންސްގެ ސަބަބުން ކޮންމެ ސަރަހައްދެއްގައި އޮތް ބަލި މީހަކަށް ނަމަވެސް ފަސޭހަކަމާއިއެކު ފަރުވާ ދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށާއި އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ.

ސަފީރު ވިދާޅުވީ "ޕީސް އާކް ހޮސްޕިޓަލް ޝިޕް" ރާއްޖެ އައިސް ޞިއްޙީ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ މައްސަލަ އާއި ގުޅިގެންވެސް ޗައިާގެ ނޭވީން ވަނީ ވަގުތުން ބޮޑެތި ޚިދުމަތްތަކެއް ފޯރުކޮށްދީފައި ކަމަށެވެ.
ދެ ޤައުމުގެ ސިފައިންނާއި ނޭވީ ގުޅިގެން މުހިންމު ފަރިތަކުރުންތަކެއް ކުރިއަށް ގެންދާކަންވެސް ސަފީރު ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން